މި ހިނގާ 2017 ވަނަ އަހަރުގެ ފުރަމަތަ ކުއާޓާގައި، ބޭންކް އޮފް މޯލްޑިވްސސް އިން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ހަރުދަނާ މާލީ ނަތީޖާއަކާ އެކު ގިނަ ރަށްތަކެއްގައި އިންވެސްޓްކޮށް ބީއެމްއެލްއިން ކާމިޔާބު ފުރަތަމަ ކުއާޓަރ އަކުން އަހަރުގެ ފެށުން ވަރުގަދަކޮށްފިއެވެ.
މިމަހުގެ ތެރޭގައި ބޭންކުން ހާމަކުރި 2016 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާލާއިރު ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމަށްފަހު 1.02 ބިލިއަން ރުފިޔާގެ ރެކޯޑް ފައިދާއެއް ވަނީ ވެފައެވެ. މިކާމިޔާބު ދަމަހައްޓަމުންދާ ކަން މިއަދު ބޭންކުން ހާމަކުރި ހިސާބުތަކުން ދައްކައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 260 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %23 ގެ ކުރިއެރުމެކެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހެއްޓިފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބީއެމްއެލްއިންވަނީ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 3 ބްރާންޗާއި 7 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ އަލަށް ހުޅުވާފައެވެ. އަދި ތަފާތު 8 ޖަމިއްޔާ އަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ އަދި މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައްވަނީ ހިންގާފައެވެ. ބޭންކުން މި އަހަރު ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 22 ރަށަކަށް އޭގެ ފައިދާ ލިބި މިމަރުހަލާގެ ތެރޭގައި 150 އާ ވަޒީފާ އުފެދިގެން ދާނޭކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.
ފުރަތަމަ ކުއާޓަރގެ ކާމިޔާބާ މެދު ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް އަދި އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތައްކުރަމުން." ކަމަށެވެ.
ޚާއްސަކޮށް، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމައުތަކާ އޮތްގާތްކަން އިތުރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށް ފެބްރުއަރީ މަހުގެ 28 ދުވަހު ހިންގުނު "އަހަރެންގެ ބޭންކް"ގެ 28 ހަރަކާތް ފާހަގަކޮށްލެވޭ. މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން." ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 27 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް