ނަޝީދު މިނިވަން ކުރަން ކުރަން އިދިކޮޅު ސިޔާސީ ލީޑަރުން ވަކިވަކިން އެދެން ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުން ނަމަ އިދިކޮޅު ހަތަރު ސިޔާސީ ލީޑަރުން ވަކިވަކިން ސިޓީއަކުން އެދުމަށް ރައީސް އަބްދުﷲ ޔާމީން ގޮވަލައްވައިފި އެވެ. ޕީޕީއެމްއިން ބޭއްވި ހަފްލާއެއްގައި...

27 Apr 2017 | 12:52

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުން ނަމަ އިދިކޮޅު ހަތަރު ސިޔާސީ ލީޑަރުން ވަކިވަކިން ސިޓީއަކުން އެދުމަށް ރައީސް އަބްދުﷲ ޔާމީން ގޮވަލައްވައިފި އެވެ.

ޕީޕީއެމްއިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކޮށްދިނުމަށް އެދި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ގާސިމް އިބްރާހީމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޝެއިހް އިމްރާން އަބްދުﷲ ވަކިން އެބޭފުޅެއްގެ ޕާޓީގެ ނަމުގައި ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި އެ ސިޓީގައި ނަޝީދު މިނިވަން ކުރުމަށް އެދޭ ކަމަށާއި، އެކަން ކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްދިނުމަށް އެދެންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެގޮތަށް ސިޓީ ފޮނުއްވައި ނަމަ ޕީޕީއެމް ޕީޖީ ގްރޫޕު މެންބަރުންނާއި މަޝްވަރާކޮށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅޭތޯ މަސައްކަތް ކުރައްވާނެ ކަމަށެބެ.

"އޭރަށް އަޅުގަނޑު، އަޅުގަނޑުގެ ޕީޖީ ލީޑަރަށް ހުށަހަޅައިގެން މަޖިލިސްގެ ތެރެއިން ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ ކުރިއަށް ގެންދާނަން. އެހެންވީމަ މި މަގު ވެސް އެބަ އޮތް. މި މަގުން ވެސް ހިންގަވަންވީ. އޭގެ ބަދަލުގައި ރާއްޖެ ބަދުނާމްކުރުން ނޫން ކަމެއް މިހާރު ކުރެވޭ ތަނެއް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަޝީދު މިނިވަން ކުރެވޭނީ ވަކި ކުށްތަކަކީ އަދަބު ލިބެން ނުޖެހޭ ނުވަތަ ވަކި ބަޔަކު ކުރުމުން އެއީ ކުށަކަށް ނުވާނެ ކަމަށް ގާނޫނުގައި ހިމަނައިގެން ކަމަށެވެ.

މީގެ ިއތުރުން ރައީސް ވިދާޅުވީ ޕާޓީތަކުގެ މަޝްވަރާއަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަކު ޓެރަރިސްޓުން ހިމެނޭ ބައްދަލުވުމެއް ސަރުކާރުން ނުބާއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް