މަސްވެރިކަން ރަނގަޅުވުމުން މިފްކޯއަށް މަސް ކިރުވޭ ވަރު ލިމިޓު ކޮށްފި

ދެކުނު މަސްވެރިކަން ރަނގަޅުވުމުން އެ ސަރަހައްދުގެ މަސްވެރިންނަށް މިފްކޯއަށް މަސް ކިރުވޭނެ އަދަދު ލިމިޓުކޮށްފި އެވެ. މިސްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ އަހުމަދު ސޮއި ކުރައްވައި އެ ކުނ...

27 Apr 2017 | 09:31

ދެކުނު މަސްވެރިކަން ރަނގަޅުވުމުން އެ ސަރަހައްދުގެ މަސްވެރިންނަށް މިފްކޯއަށް މަސް ކިރުވޭނެ އަދަދު ލިމިޓުކޮށްފި އެވެ.

މިސްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ އަހުމަދު ސޮއި ކުރައްވައި އެ ކުންފުނީގެ ސެންޓަރުތަކުގެ ވެރިންނަށް އިއްޔެ ފޮނުއްވި މެމޯގައި ވިދާޅުވެފައިވަނީ ދެކުނު މަސްވެރިކަން ރަނގަޅުވުމުން މިފްކޯއަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ގދ. ކޫއްޑީގައި ކޮންމެ ދޯންޏަކުންވެސް މިއަދު ކިރުވާނީ ގިނަވެގެން 2.5 ޓަނުގެ މަސްކަމަށެވެ.

އެގޮތަށް ހަމަޖެއްސީ މިފްކޯ އަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށެވެ.

މިފްކޯގެ މި ނިންމުމާއި ގުޅިގެން ދެ ކުނުގެ މަސްވެރިން ގެންދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެގޮތުން މަސްވެރިންވަނީ މަސް ގަންނަ މިންވަރު ދަށްކުރި އިރު މިފްކޯއިން ދޭން ކަނޑައަޅާފައިވާ ވަރަށް އައިސްވެސް މަސްވެރިންނަށް ދޫނުކުރާ ކަމަށް ބުނަމުންނެވެ.

އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް