ފުލުހުން, ޖާބިރު ހޯދަން ފަށައިފި

ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހޯދަން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން މިއަދު ވަނީ ޖާބިރު އުޅުއްވާ ހ. ތިމާވށިއަށް ގޮސްފައި އެވެ...

27 Apr 2017 | 08:30

ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން މިއަދު ވަނީ ޖާބިރު އުޅުއްވާ ހ. ތިމާވށިއަށް ގޮސްފައި އެވެ. އެކަމަކު ޖާބިރު މިވަގުތު ހުންނެވީ ސްރީލަންކާގައި އެވެ.

ފުލުހުން ޖާޞިރު ހޯދަން އޭނާގެ ގެއަށް ދިޔަ އެނގިފައިވާ ކަމަށް ޖާބިރުގެ އަނބިކަނބަލުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ޓުވީޓު ކުރައްވާފައި އެވެ. އޭނާ ވިދާޅުވެފައިވަނީ ފުލުހުން ޖާބިރު ހޯދަން ޖެހޭ ބޭނުމެއް ނޭނގޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޖާބިރު ހޯދަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ޖާބިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެވެ. އަދި ޖާބިރު ގެންދަވަނީ ސަރުކާރުގެ ނިންމުންތަކަށާއި ރައީސް އަބްދުﷲ ޔާމީނަށް ފާޅުގައި ވާޑު ވިދާޅުވަމުންނެވެ.

ޖާބިރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެއްޓެވީ އޭނާގެ ކުންފުނި ޔޮޓް ޓުއާޒްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފެށުމުންނެވެ. ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ވަނީ މިދިޔަ މަހު ފްރީޒްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް