ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމް ކޯޓުގެ ހުރުމަތް ކަނޑެމުގެ ކުށުގައި 85,000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ސިވިލް ކޯޓުން އަލީމްގެ މައްޗަށް މި ހުކުމް އިއްވީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލު ކުރުމަށް އެ ކޯޓުން ކުރި ހުކުމާ ހިލާފަށް އަލީމް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ، އެ ޕާޓީން ސިވިލް ކޯޓުގައި ޝަކުވާ ކުރުމުން ހިންގި ޝަރީއަތުގަ އެވެ.
މި މައްސަލައިގެ ޝަރީއަތުގައި މީގެ ކުރިން އަލީމްގެ ގާނޫނީ ވަކީލް ހުސްނުއްސޫދު ވިދާޅުވެފައިވަނީ އަލީމް އަލަލު ކުރެއްވީ ޕީޕިއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ ޕާޓީގެ ކައުންސިލުން ކަމަށާއި އެ މަގާމުން އޭނާ ވަކިކުރިކަން އަންގާފައިނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ސިވިލް ކޯޓުން އަލީމްގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ނަމުގައި މީޑިއާގެ ފަރާތްތަކަށް މެސެޖުކޮށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާ، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ޕީޕީއެމްއިން ވަކިކޮށްފައިވާކަން އެންގީ އަލީމް ކަމަށެވެ. ކޯޓުގެ ހުމުގައި ބުނެފައިވަނީ އަލީމްގެ އެ އަމަލުތައް ލިޔުމުން ކޯޓަށް ސާބިތުވެފައިވާ ކަމަށެވެ.
މީގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަލީމްގެ ގެ ބަލައި ފާސްކޮށްފައި އެވެ. އަދި ފޯނުވެސް ހިފައްޓާފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް