ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ވިނޯދް ކަންނާ މިއަދު މަރުވެއްޖެ އެވެ.
އޭނާ މަރުވީ އުމުރުން 70 އަހަރުގައި ބްލެޑާ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ފަހުންނެވެ. އެކަމަކު އެކަމާ ގުޅޭގޮތުން އާއިލާއިން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާއިރު ދާދިފަހުން އާންމުވި ވިނޯދް ވަރަށް ބަލިކަމަށް ދައްކާ ފޮޓޯއެއްގެ ސަބަބުން އާއިލާއިން ވަނީ އިންޑިއާ މީޑިއާއަށް ފާޑު ކިޔާ އެ ފޮޓޯ ބޭނުން ނުކުރުމަށް އެދިފައި އެވެ.
ބޮލީވުޑްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު ވިނޯދް ވަނީ ސިޔާސީ ދާއިރާގައި މަސައްކަތް ކޮށްފައި އެވެ. މަރުވި އިރު އޭނާ އަކީ ގުރްދަސްޕޫރްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
ވިނޯދްގެ ފިލްމީ ހަޔާތުގައި 1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ވަނީ 141 ފިލްމުގައި މަސައްކަތް ކޮށްފައި އެވެ. އެންމެ ފަހުން ވިނޯދް ފެނިގެން ގޮސްފައިވަނީ "ދިލްވާލޭ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް