ތުރުކީގައި 9،000 ށް ވުރެ ގިނަ ފުލުހުން ސަސްޕެންޑްކޮށްފި

އެމެރިކާއާއިއެކު ގާތް ގުޅުމެއް އޮންނަ ތުރުކީގެ މުސްލިމު އިމާމެއްކަމަށްވާ ފެތުއްﷲ ގޫލެން އާއި ގާތް ގުޅުމެއް ގެންގުޅުނުކަމުގެ ތުޙުމަތުގައި ތުރުކީގެ 9،000 ށް ވުރެ ގިނަ ފުލުހުން ސަސްޕެންޑުކޮށްފި އެވެ. ރިޕ...

27 Apr 2017 | 06:55

އެމެރިކާއާއިއެކު ގާތް ގުޅުމެއް އޮންނަ ތުރުކީގެ މުސްލިމު އިމާމެއްކަމަށްވާ ފެތުއްﷲ ގޫލެން އާއި ގާތް ގުޅުމެއް ގެންގުޅުނުކަމުގެ ތުޙުމަތުގައި ތުރުކީގެ 9،000 ށް ވުރެ ގިނަ ފުލުހުން ސަސްޕެންޑުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެއީ އެ ޤައުމުގެ، ޤައުމީ ސަލާމަތައްޓައި އެޅި ފިޔަވަޅެކެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޯލިޙު ވިދާޅުވީ ސަސްޕެންޑުކުރި މީހުންނަކީ އެ ޤައުމުގެ ފުލުހުންގެ ސިއްރުތައް ގޫލެންއާއި ހިއްސާކޮށްފައިވާކަމަށް ބެލެވޭ މީހުންނެވެ.

މީގެ ކުރިން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި ގޫލެންއަށް ވާގިވެރިވާކަމުގެ ތުޙުމަތުގައި ހާހަކަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ.

ތުރުކީގެ ރައީސް ތައްޔިބު އުރުދުޤާން ވަނީ ގޫލެން، ދިފާޢި ބާރުތަކުގެ ބޭނުންކޮށްގެ މިދިޔަ ޖުލައި މަހު ބަޢާވާތަކުން އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރިކަމުގެ ތުޙުމަތުކޮށްފައެވެ. ދިފާޢީ ބާރުގެ ބަޔަކުވެސް އަޑީގައި ތިބިގެން ރޭވި މި ބަޢާވާތް ވަނީ ނާކާމިޔާބުވެފައެވެ.

އެ ހާދިސާގައި 40 ހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި 120 ހާހަށްވުރެ ގިނަ މީހުން ވަޒީފާތަކުން ސަސްޕެންޑުކޮށް އަދި ވަކިކޮށްފައިވެއެވެ. ނަމަވެސް އެ ތުޙުމަތުތަކަށް ގޫލެން ދަނީ އިންކާރު ކުރަމުންނެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް