ފައިސާ ނޫޓު އެވޯޑުގެ ދެ ވަނަ ރާއްޖޭގެ 1،000 ރުފިޔާއަށް

ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ފައިސާ ނޫޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ފާހަގަކޮށްލެވޭ ނޫޓަކަށް ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓު ހޮވިއްޖެ އެވެ. ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓަކީ މިދިޔަ އަހަރު ތަ...

27 Apr 2017 | 06:34

ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ފައިސާ ނޫޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ފާހަގަކޮށްލެވޭ ނޫޓަކަށް ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓު ހޮވިއްޖެ އެވެ.

ރާއްޖޭގެ 1،000 ރުފިޔާގެ ނޫޓަކީ މިދިޔަ އަހަރު ތައާރަފްކުރި ރަންދިހަ ފަހެއް ނޫޓް ސީރީޒްގައި އަލަށް ހިމަނާފައިވާ ނޫޓެކެވެ. އެ ނޫޓުގެ އެއްފަރާތުން ވެލައާ އާއި އެންމަޑީގެ މަގުބޫލުކަން ދައްކުވައިދޭއިރު އަނެއް ފަރާތުގައި ދައްކުވައިދެނީ ފެހުރިއްސެކެވެ.

އިންޓަނޭޝަނަލް ބޭންކްނޫޓް ސޮސައިޓީ (އައިބީއެންއެސް) ން ދޭ މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ، އެވޯޑަށް ނޮމިނޭޓްވި 18 ގައުމެއްގެ ފައިސާ ނޫޓާ ވާދަކޮށެވެ. މި އެވޯޑުގެ އެއް ވަނަ ލިބުނީ ސްވިޒަލޭންޑުގެ 50 ފްރޭން ބޭންކު ނޫޓަށެވެ.

އައިބީއެންއެސްގެ އަހަރުގެ ބޭންކްނޫޓް އެވޯޑަށް ނޮމިނޭޓްވާ ފައިސާގެ ނޫޓަކީ އެވޯޑް ދޭ އަހަރުގައި އާއްމުންނަށް މުޅިން އަލަށް ތައާރަފްކޮށް، އެގައުމުގައި ދައުރުވާ ފައިސާގެ ނޫޓަކަށް ވާންޖެހެއެވެ. އަދި އާޓިސްޓިކް ގޮތުން ފުރިހަމަ އަދި ވަރުގަދަ ޒަމާނީ ސަލާމަތީ ފީޗާސްތަކެއް އެ ނޫޓުގައި ހިމެނެން ޖެހޭނެއެވެ.

އައިބީއެންއެސް އިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 120 އަށްވުރެ ގިނަ ބޭންކުނޫޓް ތައާރަފްކޮށް ނެރެފައިވާ ކަމަށެވެ. މި އެވޯޑު ދޭން ފަށާފައިގަނީ 1961 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް