ނިއުކްލިއާ ޓެސްޓުކުރުން ހުއްޓާނުލާނެކަމަށް އުތުރު ކޮރެއާއިން ބުނެފި

ނިއުކްލިއާ ޓެސްޓުކުރުން ހުއްޓާނުލާނެކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ. އުތުރު ކޮރެއާގެ ސަރުކާރު ތަމްސީލު ކުރާ އޮފިޝަލެއް ކަމަށްވާ ސޮކް ޗޮލް ވޮން ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގަ...

27 Apr 2017 | 05:08

ނިއުކްލިއާ ޓެސްޓުކުރުން ހުއްޓާނުލާނެކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ސަރުކާރު ތަމްސީލު ކުރާ އޮފިޝަލެއް ކަމަށްވާ ސޮކް ޗޮލް ވޮން ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އެމެރިކާއިން ހިންގަމުންދާ ފަސާދައިގެ ހަރަކާތްތައް ހިންގަނިކޮށް ނިއުކްލިއާ ޓެސްޓުކުރުން އެ ގައުމުން ހުއްޓާ ނުލާނެ އެވެ. ވިން ބުނެފައިވަނީ އެ ގައުމުން މިހާރު ޓެސްޓު ކުރަން ނިންމާފައިވާ ހަ ނިއުކްލިއާ ޓެސްޓުކުރުން ބޭރުގެ ކޮންމެ ގައުމެއްގެ ނުފޫޒު އައި ކަމުގައި ވިޔަސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ނިއުކްލިއާ ޓެސްޓު ތަކަކީ އަހަރުމެން ނިއުކްލިއާ ފޯސްތައް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައެއް" ވޮން ހާމަ ކުރި އެވެ.

އެހެންނަމަވެސް މި ޓެސްޓުކުރުންތައް ހުއްޓުވުމަށް އެމެރިކާއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ނެވެ. އެގޮތުން މިހާރު އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް ވަނީ އުތުރު ކޮރެއާ އާއި ދިމާއަށް ފޮނުވާފަ އެވެ.

އުތުރު ކޮރެއާއަށް ދޭނެ ކަމަށް ބުނެފައިވާ މިސައިލުގެ ހަމަލާ ހުއްޓުވަން އެންޓި މިސައިލުގެ ސިސްޓާމެއްވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކުލެވޭނެކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް