ދޯންޏެއް އަޑިއަށް ގޮސް ދެ ބިދޭސީން މަރުވެއްޖެ

ރ. އާރަށަށް މުދާ ހިފައިގެން ދިޔަ "ޕްރިންސަސް" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ގޮސް ދެ ބިދޭސީ އަކު މަރުވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވިގެން އެ ދޯނި ކ. ހިންމިޔ...

27 Apr 2017 | 03:43

ރ. އާރަށަށް މުދާ ހިފައިގެން ދިޔަ "ޕްރިންސަސް" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ގޮސް ދެ ބިދޭސީ އަކު މަރުވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވިގެން އެ ދޯނި ކ. ހިންމިޔަ ކައިރީގައި މަޑުކޮށްގެން އޮތުމަށް ފަހު ފަތިހު ފުރަން ވެގެން އުޅެނިކޮށް ގަލެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ދޯނި އަޑިއަށް ގޮސްގެން ކޯސްޓްގާޑަށް ރިޕޯޓު ކުރީ ފަތިހު 4:50 ހާއިރު އެވެ.

ހާދިސާ ހިނގި އިރު ދޯނީގައި 11 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. އެމްއެންޑީއެފުން ބުނީ ދޯނި އޮތް ސަރަހައްދަށް ގޮސް ބެލި އިރު އެމީހުންގެ ތެރެއިން ދިވެއްސަކަށާއި ދެ ބިދޭސީންނަށް އެކިވަރުގެ އަނިޔާތައް ލިބިފާއިވާކަމަށާއި ދެ ބިދޭސީންގެ ހާލު ސީރިއަސް ކަމަށެވެ.

މިހާދިސާގައި މަރުވީ މީގެ ތެރެއިން ދެ ބިދޭސީއެކެވެ. ބެލެވޭގޮތުގައި އެ ދެމީހުން މަރުވެފައިވަނީ މާލެ ގެންނަނިކޮށެވެ. ހުރިހާ ފަޅުވެރިން މިހާރު މާލެ ގެނެސްފައިވާއިރު ފަރުވާދެމުންދަނީ އައިޖީއެމްއެޗުގައި އެވެ. އެމީހުންނަކީ އެލިޔާގެ މުވައްޒަފުންނެވެ.

ފުލުހުން ބުނީ މަރުވަފައިވަނީ އިންޑިއާ ދެ ފިރިހެނުން ކަމަށެވެ.

އެ ދޯނި ރ. އަތޮޅު އާރަށަށް ދަތުރު ކުރަމުން ދިޔައީ 200 ބަސްތާ ސިމެންތި ބަރުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް