ސަލްމާން ހާންގެ ސިއްރު މައުލޫމާތުތަކެއް މީޑިއާ އާއި ހިއްސާކޮށްގެން ތިން ބޮޑީގާޑަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަލްމާން އަކީ ކައިރީގަ އުޅޭ ބޮޑީގާޑުންނާއި މުވައްޒަފުންނަށް ވަރަށް އިތުބާރު ކުރާ މީހެކެވެ. އެމީހުންނަށް ނޭނގޭ ސިއްރެއް ނުވަތަ އެމީހުން ތިބެގެން އޭނާ ނުދައްކާނެ ވާހަކައެއް ނޯވެ އެވެ.
އެ ތިން މީހުން ވަކި ކުރީ ކޮން މައުލޫމާތެއް އާންމުކޮށްގެން ކަމެއް ނޭނގެ އެވެ. އެކަމަކު ސަލްމާން އެމީހުން ވަޒީފާއިން ވަކިކުރީ އޭނާ އާއި ގުޅޭ ވަރަށް ސިއްރު މައުލޫމާތުތަކެއް މީޑިއާއަށް އެނގެމުންދާތީ އޭގެ ހަގީގަތް ބެލި އިރު ފަހަތުގައި ތިބީ އެ ތިން ބޮޑީގާޑުންކަން އެނގިގެންނެވެ.
ހަމަ އެކަހަލަ މައްސަލައެއްގަ ސަލްމާން އެންމެ އިތުބާރު ކުރާ އޭނާގެ މެނޭޖަރުވެސް މިމަހުގެ ތެރޭގައި ވަނީ ވަޒީފއިން ވަކިކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަލްމާންގެ މެނޭޖަރު ރޭޝްމާ ޝެޓީ މަގާމުން ވަކި ކުރީ އާއިލީ ބައްދަލުވުންތަކާއި އެނޫންވެސް ބައްދަލުވުންތައް އިންތިޒާމް ކުރުމުގައި ތަކުރާރުކޮށް އޭނާ ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. އަދި ރޭޝްމާ ގެ ފަރާތުންވެސް ބައެއް މައުލޫމާތު މީޑިއާގައި އާންމުވަމުންދާތީ އެވެ.
ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޓިއުބްލައިޓް" ން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް