މިއީ ރާއްޖެއަށްވެސް ވަރަށް ހޫނު ގަދަ ދުވަސްވަރެކެވެ. ކަރުހިއްކުން ފިލުވަން ޖޫހާއި ތާޒާ މޭވާއިން ތައްޔާރުކޮށްފަ ހުންނަ ފިނި ބުއިންތައް ބުއިން މި ދުވަސްވަރު ގިނަ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ހޫނު މޫސުމުގައި ބޮޑެތި މީހުންވެސް އަދި ކުޑަކުދިންނަށްވެސް ކަރާ އެއީ ކެއުން ވަރަށް ރަނގަޅު މޭވާ އެކެވެ. އެއީ ކަރާގެ 92-96 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ފެން ހުންނާތީ އެވެ.
ރަތް ކުލަ ގަދަ ކަރާ ފޮނިގަދަވާނެ އެވެ. ފޮނިގަދަ ކަރާ ކެއުމުން ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަމާއި ކަރުހިއްކުން ފިލުވާލާނެ އެވެ. އަދި ކަރާގައި އެކުލެވޭ ވިޓަމިން އޭގެ ސަބަބުން ހަށިގަނޑަށް ދިރުން ލިބެ އެވެ.
އެކަމަކު ކަރާ ކެއުމުގައި ސަމާލުވާން ވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. ކަރާ ކައި ނިމޭގޮތަށް ނުވަތަ އެހާ އަވަހަށް ފެން ނުބޯށެވެ. އެއީ އެހާ ގިނައިން ފެން އެކުލެވޭ އެއްޗެއް ކެއުމަށް ފަހު އެޙާ އަވަހަށް ހަށިގަނޑަށް ފެން ބޭނުންނުވާތީ އެވެ.
ކަރާ ކައި ނިމޭގޮތަށް ފެން ބުއިމުން ހަޖަމް ކުރުމުގެ ނިޒާމަށް ބާރު ބޮޑުވާގޮތްވެ އެވެ. އަދި ކަރާގައި ހިމެނެނީ ހަމަ އެކަނި ފެނާއި ހަކުރު ކަމުން އިތުރަށް ފެން ބުއިމުން ބަނޑުގައި އިންފެކްޝަންތައް އުފެދޭ ގޮތްވާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ކަރާ ކާއިރު އިތުރު އެއްޗެއް ނުކެއުމެވެ.
އިންޑިއާގެ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޑރ އަންޖޫ ސޫދު ވިދާޅުވެފައިވަނީ ކަރާ ކާއިރު ފެން ބުއިން ނުވަތަ ކައި ނިމޭގޮތަށް ފެންބުއިމުގެ ސަބަބުން ކާއެއްޗެހިދާ މައި ހޮޅީގެ ގުޅުންތަކަށާއި މަސައްކަތް ކުރުމަށް އަސަރު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހަށިގަނޑުގެ ގުނަވަންތަކުގައި ބެކްޓީރިއާ އުފެދުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްޗިއްސަކީ ހަކުރާއި ފެން ކަމަށެވެ. އެހެންކަމުން ކަރަލާއި އެކު ފެން ބޯނަމަ ނުވަތަ ކަރާ ކައިނިމިގެން ވަގުތުން ފެން ބޯނަމަ ބެކްޓީރިއާ އުފެދުމުގެ ފުރުސަތުވެސް ބޮޑު ކަމަށެވެ.
ކަރާ ކެއުން އެންމެ ރަނގަޅީ ހުހަށް ކެއުން ނުވަތަ ޖޫސް ގިރާނަމަ ވީހާވެސް އޮލަކޮށް ބުއިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް