އުރީދޫއާ ގުޅިގެން ސަން ގުޅިގެން އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯމް ތަޢާރަފްކޮށްފި

ދުވަހެއް ދުވަހަކަށް ރާއްޖެ މިދަނީ އެކި ރޮނގުތަކުން ކުރިއަރަމުންނެވެ. އެގޮތުން މިއަދު މިވަނީ އަނެއްކާވެސް މި ރާއްޖެއަށް މުނިފޫހި ފިލުވުމުގެ ދާއިރާއިން އާ އިންގިލާބެއް ގެނެއްސައެވެ. އުރީދޫ އާއި ސަން މީޑ...

27 Apr 2017 | 01:28

ދުވަހެއް ދުވަހަކަށް ރާއްޖެ މިދަނީ އެކި ރޮނގުތަކުން ކުރިއަރަމުންނެވެ. އެގޮތުން މިއަދު މިވަނީ އަނެއްކާވެސް މި ރާއްޖެއަށް މުނިފޫހި ފިލުވުމުގެ ދާއިރާއިން އާ އިންގިލާބެއް ގެނެއްސައެވެ.

އުރީދޫ އާއި ސަން މީޑިޔާ ގުޅިގެންގެން ވަނީ ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯފް "ސަން ޕްލޭން" ގެ ނަމުގައި ތަޢާރަފް ކޮށްފައެވެ.

ބަރިސްތާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްލެޓް ފޯމް ލޯންޗުކޮށްދެއްވީ އުރީދޫގެ ހެޑް އޮފް  ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒާއި ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒެވެ.

މި ޕްރޮޑަކްޓް ތަޢާރަފް ކޮށްދިނުމަށްފަހު ވާހަކަ ދައްކަވަމުން މިންހާ ވީދާޅުވީ "ސަން ޕްލޭ"އަކީ ލޯކަލް ޔޫޓިއުބެއް ކަމަށެވެ. އޭނާ ވިދާޅުވީ "ސަން ޕްލޭ" ތައާރަފް ކުރީ 2000 ވުރެ ގިނަ ވީޑިއޯ ހިމަނައިގެން ކަމަށެވެ.

އަދި މި ޕްލޭ އަކީ އެއްވެސް އަގަކާ ނުލައި ކޮންމެ މީހަކަށްވެސް އަމިއްލަ ޗެނަލްއެއް އުފެއްދުމުގެ ފުރުސަތު އޮތް ޕްލެޓްފޯމް އެކެވެ.

"ސަން ޕްލޭ" އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ހެޑް އޮފް ސޭލެސް ހުސެއިން ވިދާޅުވީ ސަން އާއި ގުޅިގެން މިފަދަ ކަމެއް ކުރަން ނިންމީ ސަން މީޑިއާ ގްރޫޕަކީ މިފަދަ ޒަމާނީ ޓެކްނޯލޮޖީތައް ބޭނުން ކޮށްގެން، އާ ޕްރޮޑަކްޓްތައް އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކުންފުންޏަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން އެޕްލެޓްފޯމު އިތުރަށް އެޓްރެކްޓިވް ކުރުމުގެ ގޮތުން އުރީދޫއާ ގުޅިގެން އެކި އެކި މުބާރާތްތަކާއި ޕްރޮމޯޝަންސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށްވެސް ސަން މީޑިޔާ އިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް