ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. ދުވަހަށް މައުލުމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދ...

27 Mar 2020 | 11:23

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ދުވަހަށް މައުލުމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެއްސެކެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައިވަނީ މީގެ 13 ވަރަކަށް ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހުރި މީހެކެވެ.

މިއަދު 11:04ގައި އުމުރުން ދުވަސްވީ އެމީހާ މަރުވެފައިވާއިރު ފަރުވާ ދެމުންދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް