ގެމަނަފުށީ ދާއިރާއިން އަޅުގަނޑުމެންގެ ތާއީދު އޮންނާނީ އާދިލަށް، އެކަން ބަދަލެއް ނުވޭ: އަދުރޭ

ގެމަނަފުށީ ދާއިރާގެ ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ޕީއެންސީ ކޯލީޝަންގެ ތާއީދު ކުރާ ކެނޑިޑޭޓަކީ ހަމަ އެކަނި އަލީ އާދިލް ކަމުގައި އެ ކޯލީޝަނުން ބުނެފިއެވެ. އެ ކޯލީޝަނުން މިހެން މިއަދު ބުނެފައިވަނީ އެ ކ...

27 Mar 2019 | 18:18

ގެމަނަފުށީ ދާއިރާގެ ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ޕީއެންސީ ކޯލީޝަންގެ ތާއީދު ކުރާ ކެނޑިޑޭޓަކީ ހަމަ އެކަނި އަލީ އާދިލް ކަމުގައި އެ ކޯލީޝަނުން ބުނެފިއެވެ.

އެ ކޯލީޝަނުން މިހެން މިއަދު ބުނެފައިވަނީ އެ ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ވަގުތަށް މައުލޫމާތުދެމުން އަދުރޭ ވިދާޅުވީ ޕްރޮގްރެސިވް ކޯލީޝަންގެ ފަރާތުން އެ އެ ދާއިރާއަށް ވާދަ ނުކުރާ ކަމަށާއި އެހެންކަމުން ތާއީދު ކުރަން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަލީ އާދިލަށް ކަމަށެވެ. އަދި އެގޮތަށް އެ ކޯލީޝަނުން ނިންމި ނިންމުން ބަދަލުކޮށްފައިނުވާނެކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ނިންމާފަ، ޕްރޮގްރެސިވް ކޯލިޝަނުން ވާދަނުކުރާ ދާއިރާ ތަކުން، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާޢީދު ކުރަން. އެ ނިންމުމަށް ބަދަލުގެނެސްފައެއް ނުވާނެ. ރައީށް ޔާމީންގެ ތާޢީދު ވެސް އޮންނާނީ ޢަލީ އާދިލަށް" ވަގުތަށް މައުލޫމާތުދެމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު އެ ކޯލީޝަންގެ ތާއީދު އެ ދާއިރާގެ އެހެން ކެނޑިޑޭޓަކަށް އޮތްކަމަށްބުނެ އަޑުތަކެއް ގެންދަނީ ފަތުރަމުންނެވެ. އަދި ބައެއް ފަރާތްތަކަށް ފޯނުން ގުޅުއްވާ އެފަދަ މައުލޫމާތުވެސް ހިއްސާ ކުރަމުން އަންނަ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ގެމެނަފުށީ ދާއިރާގެ ކެނޑިޑޭޓުންގެ ތެރެއިން ޕްރޮގްރެސިވް ކޯލީޝަންގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އާދިލްގެ ކެނޑިޑޭޓް ނަމްބަރަކީ 1 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް