ކީ ކޯޑު: ތަފާތު އެއްޗިއްސާއެކު ނައިފަރުގައި މުޅިން އައު ފިހާރައެއް ހުޅުވަނީ

ޅ.ނައިފަރު "އަދާ" ކިޔާ ގޭގައި ތަފާތު އެއްޗިއްސާއެކު މުޅިން އާ ފިހާރައެއް، "ކީ ކޯޑު" ގެ ނަމުގައި މިއަދު ހަވީރު ހުޅުވަން ވަނީ ހަމަޖެހިފައެވެ. ދުވަހަށް މައުލޫމާތު ދެމުން ފިހާރައިގެ ވެރިފަރާތް ހަސަން ވަސީ...

27 Mar 2019 | 10:33

ޅ.ނައިފަރު "އަދާ" ކިޔާ ގޭގައި ތަފާތު އެއްޗިއްސާއެކު މުޅިން އާ ފިހާރައެއް، "ކީ ކޯޑު" ގެ ނަމުގައި މިއަދު ހަވީރު ހުޅުވަން ވަނީ ހަމަޖެހިފައެވެ.

ދުވަހަށް މައުލޫމާތު ދެމުން ފިހާރައިގެ ވެރިފަރާތް ހަސަން ވަސީމް ވިދާޅުވީ، މި ފިހާރައިން ފޯނު މަރާމާތު ކުރުމުގެ އިތުން އެ ފިހާރައިން ފޯނާ ބެހޭ ހުރިހާ ސާމާނެއް ލިބޭނެކަމަށެވެ.

މީގެ އިތުރުން، ކޮސްމެޓިކްސްގެ ހުރިހާ އެއްޗެއް، ތަފާތު ބްރޭންޑްތަކުން ލިބިގެންދާނެކަމަށެވެ. އަދި ޓޮއިލެޓަރީސްގެ އައިޓަމްތައްވެސް މި ފިހާރައިން ގަންނަން ލިބޭނެކަމަށް ހަސަން ވިދާޅުވިއެވެ.

30 ފޫޓު 30 ފޫޓުގެ މި ފިހާރަ ހުޅުވަނީ މިއަދު ހަވީރު 4:30 ގައެވެ. މިފިހާރަ ހުޅުވައިދޭނީ އާދީ އަދި އުމަމް އެވެ.

ފިހާރަ ހުންނާނީ ނައިފަރު، ޖަލާލުއްދީން މަގުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް