100 ދުވަހަށް ހަޔާ އެޑިއުކޭޝަނުން ކަނޑައެޅި ހުރިހާ ވައުދެއް ފުއްދިއްޖެ: މިނިސްޓަރު އިބްރާހިމް ހަސަން

މިސަރުކާރުގެ ފުރަތަމަ 100 ދުވަހު ހަޔާ އެޑިއުކޭޝަނަށް ކަނޑައެޅި ހުރިހާ ވައުދެއް ފުއްދިއްޖެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބަރާހިމް ހަސަން ވިދާޅުވެއްޖެއެވެ. ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ...

27 Mar 2019 | 10:17

މިސަރުކާރުގެ ފުރަތަމަ 100 ދުވަހު ހަޔާ އެޑިއުކޭޝަނަށް ކަނޑައެޅި ހުރިހާ ވައުދެއް ފުއްދިއްޖެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބަރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅީ ހަތް ވައުދުކަމާއި، އެ ހަތް ވައުދުވެސް ފުއްދާފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވިއެވެ.

އޭގެތެރޭގައި، ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭން ފެށުމާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުން ހިމެނެ އެވެ. އަދި ހައިއެޗީވާސް ސްކޮލާޝިޕް ސްކީމު މުރާޖައާކޮށް، އެ ސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުން ވެސް އެވައުދު ތަކުގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުމުގެ އިތުރުން، މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށް ފަހު ރީސްޓަރަކްޗާ ކުރުމަށް ހުޅުވާލުން ވެސް އެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ..

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށައެޅުމާއި، ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގަންފެށުންވެސް މި ވައުދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. އަދި ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނަލިސިސްއެއް ގައުމީ ފެންވަރުގައި ހެދުމުގެ ވައުދުވެސް ފުއްދިފައި ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް