ޗައިނާގައި ވިހޭ އެއްމާބަނޑު ދެކުދިންގެ ބައްޕައަކީ ތަފާތު ދެމީހެއްކަން ފަޅާއަރައިފިއެވެ.
ކުދިން ރެޖިސްޓްރީ ކުރަން ޗައިނާގައި ހަދަން ޖެހޭ ޕެޓާނިޓީ ޓެސްޓް ހެދުމުގެ ގޮތުން ހެދި ޑީއެންއޭ އިން ދައްކާގޮތުގައި، ދެކުދިންގެ ބައްޕައަކީ ތަފާތު ދެމީހެކެވެ. މިކަމާ ގުޅޭ ގޮތުން އެ ކުދިންގެ މަންމައާއި ސުވާލުކުރުމުން އެހެން މީހަކާ އެކީ ގުޅުން ހިންގާފައިވާ ކަމަށް ވަނީ އެއްބަސްވެފައެވެ.
ޑޮކްޓަރުން ބުނާގޮތުގައި މިކަހަލަ މައްސަލަ ދިމާވާނީ ތޭރަ ހާހުން އެއްފަރުއެވެ. މިކަހަލަ ކޭސްތަކަށް ކިޔަނީ "ހޮމޮޕެޓާނަލް ސުޕަފަކަންޑޭޝަން" އެވެ. މިއީ ވަރަށް މަދުން ނޫނީ ވެފައިވާ ކަމެއް ނޫނެވެ. އެ އަންހެން މީހާ ވިހޭ ހޮސްޕިޓަލުން ބުނީ، މިއީ އެކަހަލަ ގޮތަކަށް އެ ހޮސްޕިޓަލުގައި މީހަކު ވިހޭ ފުރަތަމަ ފަހަރު ކަމުގައެވެ.
ޗައިނާގެ ރިޕޯޓުތައް ބުނާގޮތުގައި، މިކަމާ ގުޅިގެން އެކުދިންގެ ބައްޕަ ހުރީ ވަރަށް ރުޅި އައިސްފައެވެ. އަދި އޭނާ ބަލާނީ ހަމައެކަނި އޭނާގެ ދަރި ކަމުގައިވެސް ވަނީ ބުނެފައެވެ.
ޓެސްޓް ހެދުމުގެ ކުރިންވެސް ދެކުދިން ވައްތަރެއް ނޫނޭ އާއިލާގެ މީހުންވެސް ބުނި ކަމަށް ކުދިންގެ ބައްޕަ ބުންޏެވެ. ދެމީހުންގެ ލޯ، ނޭފަތް އަދި ތުންފަތްވެސް ވަރަށް ތަފާތު ކަމަށް ގިނަ މީހުން ބުންޏެވެ. އަދި ހަގީގަތް އެނގުމުން ހިތާމަ ކުރާކަމަށްވެސް ކުދިންގެ ބައްޕަ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް