ރައްޔިތުންނަށް އުނދަގޫވާތީ ޅ. ނައިފަރުގެ ޖަގަހަތަކުން ކެމްޕޭނު ލަވަ ޖެހުން ހުއްޓާލައިފިއެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމް އަދި ޕީއެންސީ ކެންޑިޑޭޓު މީގެ ދެދުވަސް ކުރިން ލަވަ ޖެހުން ހުއްޓާލަން ނިންމަވައި، ލަވަޖެހުން ހުއްޓާލުމުން، ދެން ހުރި ޖަގަހަ ތަކުންވެސް ލަވަ ޖެހުން ހުއްޓާލި ކަމަށް އެރަށު ކައުންސިލުން ވަނީ ދުވަހަށް މައުލޫމާތު ދީފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނައިފަރު ދާއިރާއިން ހަތަރު ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ކުރިން ހުރިހާ ކެންޑިޑޭޓުންގެ ޖަގަހަތަކުގައިވެސް ލައުޑްސްޕީކަރު ބޭނުންކޮށްގެން ކެމްޕޭނު ލަވަ ޖަހައެވެ.
ނައިފަރު ރައްޔިތެއް ދުވަހަށް މައުލޫމާތު ދެމުން ބުނީ، ނައިފަރަކީ އަބަދުވެސް ނަމޫނާ ދައްކާ ރަށެއް ކަމުގައެވެ. އަދި ރައްޔިތުންނަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ނައިފަރުގެ ސިޔާސީ މީހުންވެސް ނުކުރާނެކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް