އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމުން، އެކަމާ ހިތާމަ ކުރައްވާކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަވަސް އަރުވާލައިގެން ކަންކަން ނިންމުމުގެ ބަދަލުގައި ކަންކަން ނިންމަނީ އެކަމާ މެދު ވިސްނައި އެކަމުގައި ހުރި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބައްލަވައި ހައްދަވާފައިވާ ކަމަށެވެ. އަދި ވެރިކަމުގެ ކުރީކޮޅު ޖަލުގައި ހުރި މީހަކު ގާނޫނުގެ ތެރެއިން މިނިވަންކުރި ނަމަވެސް، އެ ނިންމެވުމާ މެދު ހިތާމަ ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެއީ ކާކު ކަމެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
ރައީސް މިހެން ވިދާޅުވިއިރު، މި ވެރިކަމުގެ ކުރީކޮޅު ދޫކޮށްލާފައި ވަނީ ހޯރަ އިއްބެއެވެ. ހޯރަ އިއްބެ ހައްޔަރުކޮށްފައިވަނީ، ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގާފައިވާ ކަމުގެ ކުށުގައެވެ. އޭނާ އަށް ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރު، 10 އަހަރުގެ މުއްދަތަކަށެވެ.
ހޯރަ އިއްބެ މިނިވަން ކުރުމުން ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް