ވެރިކަމަށް ވަޑައިގަތުމަށްފަހު ފަސްދޮޅަސް ހާސް ސެލްފީ ނަގައިފިން: ރައީސް ސޯލިހު

ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ސެލްފީ ނެގިފައިވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަ...

27 Mar 2019 | 06:24

ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް ފަސްދޮޅަސް ހާހަށްވުރެ ގިނަ ސެލްފީ ނެގިފައިވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް މާ ގިނަ ރަށްތަކަކަށް ނުދެވުނު ނަމަވެސް، ކޮންމެ ރަށަކުންވެސް ބައިވަރު މީހުން ސެލްފީ ނަގާކަމަށެވެ. އެގޮތުން މިހާތަނަށް ފަސްދޮޅަށް ހާހަށް ވުރެ ގިނަ ސެލްފީ ނެގިފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ކެމްޕެއިނު ދުވަސްވަރު ދުއިސައްތަ ހާހަކަށް ސެލްފީ ނެގިފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނަކީ ރައްޔިތުންނާ ވަރަށް ގާތް ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް