ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އަދީބު ގޭބަންދަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ގޭ ބަންދަށް ބަދަލުކޮށްފިއެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރީ ކިހާ މުއްދަތަކަށްކަން އެނގިފައެއްނެތެވެ. އަ...

27 Mar 2019 | 05:50

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރީ ކިހާ މުއްދަތަކަށްކަން އެނގިފައެއްނެތެވެ.

އަދީބުގެ މައްޗަށް ވަނީ ޓެރަރިޒަމާއި ހިޔާނާތުގެ ތަފާތު އެކި ދައުވާތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައެވެ. އަދީބު މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ޖެނުއަރީ ދެ ވަނަ ދުވަހު އެވެ.

އޭގެފަހުން ޖަލަށް ބަދަލުކުރި ފަހުން ވެސް ހާލު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރަން ޖެހުނެވެ. އެއަށްފަހު ހައިކޯޓުން ވަނީ އަދީބު ގޭބަންދަށް ބަދަލުކުރުމަށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ އަދީބުގެ ބޭސްފަރުވާއަށް އިހްމާލުވާ ކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލައެއްގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އަމުރަށް އަމަލުކުރުން ހުއްޓުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް