މިސަރުކާރުން ހިންގަން ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ، 4000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ މަހަކަށް 5،000ރ. އާއި 6،000ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނެ ނުދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް