ހުޅުމާލޭގައި މިއަދު ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓް ހިނގީ ހުޅުމާލެ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިން، މިއަދު ހެނދުނު 7:30 ހާއިރުއެވެ.
މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލުގައި ތިބި ދެމީހުންނަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކްސިޑެންޓްވި ދެމީހުންގެ ތެރެއިން އެކަކީ ކުޑަ ކުއްޖެކެވެ.
ފުލުހުން ބުނީ މިހާރު އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް