ޑިޖިޓަލްކޮށް ޤުރުއާން ކޯސްތަކެއް ހިންގަން ދިރާގުން އެހީވަނީ

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދެ ރަށެއްގައި ގުރުއާން ކްލާސް ހިންގުމަށް ދިރާގުން މުޅިން ހިލޭ، މެގަ އެކްސެސް ނެޓްވަކް ފޯރުކޮށްދީފި އެވެ. މިހިދުމަތް ދިރާގުން ދީފައިވަނީ ފުވައްމުލަކު ސިޓީ އާއި ލ. ފޮނަދޫ...

27 Mar 2018 | 18:48

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދެ ރަށެއްގައި ގުރުއާން ކްލާސް ހިންގުމަށް ދިރާގުން މުޅިން ހިލޭ، މެގަ އެކްސެސް ނެޓްވަކް ފޯރުކޮށްދީފި އެވެ.

މިހިދުމަތް ދިރާގުން ދީފައިވަނީ ފުވައްމުލަކު ސިޓީ އާއި ލ. ފޮނަދޫގައި ހިންގާ ޤުރުއާން ކްލާސްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅާލުމަށެވެ. މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ ޓީޗަރަަށް އެ ކްލާހުގައި ތިބޭ ކުދިންނަށް ޤުރުއާން ކްލާސްތައް ނަގައިދިނުމުގެ އިތުރުން ކުދިންނަށް ޓީޗަރާއި ވީޑީއޯ މެދުވެރިކޮށް ސުވާލުކޮށް ހެދޭނެ އެވެ.

މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގައި ދިރާގާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި ހިދުމަތަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ދޭ ހިދުމަތެ ކެވެ.

"މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މި ހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ވަގުތުން ދެއްވޭނެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މި ހިދުމަތުގެ ދަށުން މިފަހަރު ދަރިވަރުންނަށް ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމާމް ފައުންޑޭޝަން ކޯހާއި، އިމާމް ޑިގްރީ ކޯހުގެ އިތުރުން ގުރުއާން މުދައްރިސް ޑިގްރީ ކޯހެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ދިރާގުން ވަނީ ހަތަރު އަތޮޅަކަށް، ކީރިތި ގުރުއަނާ ބެހޭ މަރުކަޒާ ގުލިގެން މި ހިދުމަތް ފޯރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް