ރާއްޖޭގައި ވަގުފު އިމާރާތްތައް ބިނާ ކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕް (އައި.ޑީ.ބީ) ގެ ރައީސް ޑރ. ބަންދަރު އެމް.އެޗް ހައްޖަރުއާ މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިނިސްޓަރ ޒިޔާދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ މިއަހަރުގެ ހައްޖުގެ އަޅުކަމާ ގުޅުންހުރި ކަންކަމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތް އޮޅުން ފިލުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ.
އައިޑީބީގެ ރައީސާއި އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ހިންގަމުންދާ މުހިންމު ޕްރޮޖެކްޓުތަކާއި ގުޅޭ މައުލޫމާތު ދެއްވާފަ އެވެ. އަދި އެ ޕްރޮޖެކްޓުތަކުގެ ތެރެއިން އެ ބޭންކަން ރާއްޖެއަށް އިތުރަށް އެހީ ފޯރުކޮށްދެއްވިދާނެ ދާއިރާ ތަކާބެހޭގޮތުން
މަޝްވަރާކުރައްވާފަވެ އެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނެއެވެ.
މި ބައްދަލުވުމުގައި ޑރ ހައްޖަރުއާ ވިދާޅުވީ ރާއްޖޭގެ ވަގުފް ތަރައްގީކޮށް ވަގުފް ޢިމާރަތްތައް ބިނާކުރުމުގައި ކުރިއަށް އޮތް ތަނުގައިވެސް އައިޑީބީގެ އެހީތެރިކަން ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެއްވާނެކަމަށެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ޝައިހް އަލީ ޝަރީފާއި، ހަޖު ކޯޕަރޭޝަންގެ ޗެއާމަން އަދި މި މިނިސްޓްރީގެ
ޑެޕިއުޓީ މިނިސްޓަރު ޝައިހް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ ރައީސްގެ އިތުރުން އެބޭންކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް