މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމުން ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ އާއި ބައްދަލު ކުރައްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލު ވުމުގައި ރާއްޖޭގެ މިހާރު ގެ ސިޔާސީ މަޝްރަހުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އދ. ގެ ވަފުދުގައި ހިމެނި ވަޑައިގެންނަވަނީ ޓީމުގެ ދެ ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ އދ. ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޮޑާ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓަރު އެ ވަފުދާއި ބައްދަލު ކުރެއްވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބުގެ ހައިސިއްޔަތުން ކަމަށެވެ.
https://twitter.com/FishAgri/status/978480895916060677
އދ. ގެ މި ވަފުދުން ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކު ވަކި ވަކިން ބައްދަލުވުންތައް ބާއްވާފައި އެވެ. އަދި ޖަލު ބަންދުގައި ތިއްބެވި އިދިކޮޅު ސިޔާސީ ފަރާތްތަކާއިވެސް އެ ވަފުދުން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
މީގެ އިތުރުން އެ ވަފުދުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލު ކުރައްވާފައި އެވެ. އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮޅުންފިލުވި ކަމަށް އެޗްއާރުސީއެމްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް