ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ.
މި ކުންފުނި އުފައްދަވާފައިވަނީ މިދިޔަ ހަފްތާގައި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މިމަހުގެ 21 ވަނަ ދުވަހު އެކުލަވާލާފައިވާ ކަމަށެވެ.
އެ ކުންފުނީ ޑިރެކްޓަރުންގެ ބޯޑުގައި ހަތް މެންބަރުން ތިއްބަވަ އެވެ. އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖެއްސީ، ދަފްތަރު، 4226، މުހައްމަދު ރަޝީދެވެ. މެނޭޖިން ޑިރެކްޓަރަކީ، ސ. ހުޅުދޫ، ރިވާ ސައިޑް، މުހައްމަދު ނާސިހެވެ.
ޑިރެކްޓަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގ. ފަހިވާގޭ އަދީލް ޖަލީލް، މ. އަފްޒާ، އާމިނަތު ޝަނާ، ދ. ހުޅުދެލީ، އަހްމަދު ނަޝީދު، ޅ. ނައިފަރު ޑޭޒީމާގޭ އަބްދުލް މުންއިމް މުހައްމަދު މަނިކާއި، ދަފްތަރު އާމިނަތު ހަމީދެވެ.
މި ކުންފުންޏަކީ، ގުޅީފަޅު، އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އެއްކޮށްލައިގެން ހެދި ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް