ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު 2016 ވަނަ އަހަރު ވިހޭފަހުން ހިކެން ކުރާ މަސައްކަތަކީ ބައެއް މީހުންގެ މަލާމާތް އޭނާއަށް ރައްދުވާ ކަމެކެވެ.
ވިހޭތާ މަހެއް ނުވަނީސް ހަށިގަނޑަށް ގެއްލުން ލިބޭވަރަށް ކަސްރަތު ކުރަން ފެށުމުން ފުރަތަމަ ދުވަސް ކޮޅު އޭނާ ބަލިވި ކަމަށްވެ އެވެ. އަދި ބައެއް މުހިންމު ޕާޓީތައް އެކަމާ ގުޅިގެން ކެންސަލް ކޮށްލަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިފަހަރު މިވީ އަދި މާގިނަ މީހުންގެ މަލާމާތް ރައްދުވާ ކަހަލަ ގޮތަކަށެވެ. ސިންގަޕޫރުގައި އޮތް ފެޝަން ޝޯއެއް ނިންމާލުމަށް ފަހު އޭނާގެ އެންމެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާ އާއި އެކު ނަގާފައިވާ ފޮޓޯއެއްގައި ކަރީނާގެ ހިކިކަން މާބޮޑަށް ފާޅުވަނީ އެވެ.
އެ ފޮޓޯ ބައެއް މީހުން ސިފަކޮށްފައިވަނީ ކަރީނާގެ ކަށިގަނޑުގެ ގޮތުގައި އެވެ. ހަށިގަނޑުގެ ނާރުތަކާއި ފާޅުވާން ހުންނަ ގިނަ ކަށިތައް އެ ފޮޓޯއިން ފާހަގަވާން ހުއްޓެވެ.
އެހެންވެ މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ކަރީނާ ކާއެއްޗެއް ކައިގެން އުޅެންޖެހޭ ކަމަށެވެ. އަދި ބައެއް މީހުން ވަނީ އޭނާ ހިކެންވެގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ. މީގެ އިތުރުން ކަރީނާ މިހާރު ސިފަވަނީ ބަނޑަށް ޖެހިފައިވާ މީހެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެ އެވެ.
ކަރީނާ ވިހެއުމަށްފަހު އަވަހަށް ހިކެން ބޭނުންވީ މިއަހަރުގެ ޖޫން މަހު ރިލީޒް ކުރާ ފިލްމް "ވީރް ދި ވެޑިން" އަށް ތައްޔާރުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް