އެމް މާދަވަން އަށް ބޮލީވުޑުން ކުޅެން ލިބުނު އިތުރު ފިލްމެއް ދޫކޮށްލަން ޖެހިއްޖެ އެވެ.
މި މަހު ތެރޭގައި މާދަވަން ދޫކޮށްލަން ޖެހުނު މިއީ ދެ ވަނަ ފިލްމެވެ. މާދަވަންއަށް ފިލްމުތައް ދޫކޮށްލަން ޖެހިފައިވަނީ މިދިޔަ މަހު ކޮނޑުގެ އޮޕަރޭޝަނެއް ކުރުމުންނެވެ.
ފުރަތަމަ ދޫކޮށްލަން ޖެހުނީ ސައިފް އަލީ ހާން އާއި އެކު ކުޅެން ލިބުނު ފިލްމު "ރެހެނާ ހޭ ތޭރޭ ދިލްމޭ" އެވެ. މިފަހަރު ދޫކޮށްލަން ޖެހުނީ ސައިފުގެ ދަރިފުޅު ސާރާ އަލީ ހާން އާއި އެކު ކުޅެން ލިބުނު ފިލްމު "ސިމްބާ" އެވެ.
ރޯހިތް ޝެޓީ ޑައިރެކްޓު ކުރާ "ސިމްބާ" ގައި ސާރާ އާއި މާދަވަންގެ އިތުރުން ދެން ފެނިގެންދާނީ ރަންވީރު ސިންގ އެވެ. ރޯހިތްގެ ފިލްމެއް ދޫކޮށްލަން ޖެހުމުން އެކަމާ ދެރަވެގެން މާދަވް ބުނެފައިވަނީ ރޯހިތު އަކީ އޭނާއަށް އެންމެ ކަމުދާ ޑައިރެކްޓަރު ކަމަށެވެ.
މާދަވަން އެ ފިލްމުގައި ފެނިގެންދާނީ ނުބައިބައި މީހެއްގެ ރޯލުންނެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މިއީ ޓެލެގޫ ފިލްމެއްގެ ރިމޭކް އެވެ.
އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބްރީތް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް