އުރީދޫން އޮޕޯގެ އާ ފޯނުތައް ރާއްޖެއަށް ތައާރަފު ކޮށްފި

ޗައިނާގެ މަޝްހޫރު އޮޕޯ ބްރޭންޑުގެ ސްމާޓް ފޯނުތައް އުރީދޫއިން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ. އުރީދޫއިން ބުނީ ރާއްޖޭގައި މި ފޯނުތައް ވިއްކާނީ މާކެޓްގައި ވިއްކޭނެ އެންމެ ކުޑަ އަގުގައި ކަމަށެވެ. އަދި މި...

27 Feb 2020 | 08:45

ޗައިނާގެ މަޝްހޫރު އޮޕޯ ބްރޭންޑުގެ ސްމާޓް ފޯނުތައް އުރީދޫއިން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި މި ފޯނުތައް ވިއްކާނީ މާކެޓްގައި ވިއްކޭނެ އެންމެ ކުޑަ އަގުގައި ކަމަށެވެ. އަދި މި ފޯނުތައް ގަނެވޭނެ ލުއި ގޮތްތަކަކާއި އެކު ތަފާތު ޕްލޭންތަކެއް ތައާރަފުކޮށްފައިވެ އެވެ.

އުރީދޫން ތައާރަފު ކުރި ފޯނުތަކުގެ ތެރޭގައި އޮޕޯ ރެނޯ 2 އެފް، އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5- 2020 ހިމެނެ އެވެ. އެ ކުންފުނިން ތައާރަރުކޮށްފައިވާ ޕްލޭންތަކުގެ ދަށުން ރެނޯ 2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާ އަށް ހާއްސަ 2ޖީބީ ޑޭޓާ އާއި ޖޭބީއެލް ޓިއުން 115 ބީޓީގެ ވަޔަލެސް ހެޑްސެޓެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5 2020 ފޯނަކާ އެކު ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އުރީދޫ މެދުވެރިކޮށް، ފުލް ޕޭމަންޓް ދައްކައިގެން މި ބްރޭންޑުގެ ފޯންތައް އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ނެގޭނެއެވެ. އަދި އިންސްޓޯލްމެންޓަށްވެސް މި ފޯންތައް ނެގުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެގޮތުން މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333 ރުފިޔާ ދައްކައިގެން މި ފޯންތައް އުރީދޫ ކަސްޓަމަރުންނަށް ނެގޭނެއެވެ.

އޮޕޯގެ މި އައު ފޯނުތަށް އުރީދޫގެ އެޕް މެދުވެރިކޮށް ގަނެގެން، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް