ދީނީ އިލްމު ވެރިން ތަކެއް އެބޭފުޅުންގެ ކަންބޮޑުވުންތައް ޔޫތު މިނިސްޓަރު މަހުލޫފަށް ހުށައެޅުމުން ޑރ. ޝަހީމް މަހުލޫފުގެ މަގާމާއި މެދު ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ޖަމިއްޔާއިން ކަންބޮޑުވުންތަކާއި އެކު ޔޫތް މިނިސްޓްރީ އާއި ބައްދަލު ކުރުމުން ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިސްލާމިކް މިނިސްޓްރީ ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން ދީނާ ހިލާފު ކަމެއް ކުރާނަމަ އެކަމެއް އަމިއްލަ އިސްނެގުމަށް ބެލުމަކީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިސްލާމިކް މިނިސްޓްރީ؟" ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ފޭސްބުކް ގައި ވިދާޅުވެފައި ވެއެވެ.
ޝަހީމް ވިދާޅުވީ މިހާރު މި ހިންގަމުން އަންނަ ކަންތައް ތަކާއި ގުޅިގެން ވެސް އެ މިނިސްޓްރީ އިން އެއްވެސް ފަރުވާލެއް ނުބަހާއްޓާ ކަމާއި ފެންނަނީ މަޑު މަޑުން ތިބޭ ތަން ކަމަށެވެ. މި ކަންތައް ތަކާއި ގުޅިގެން އެ ޑރ.ޝަހީމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.
އަދި ހަމަ އެހެންމެ އިސްލާމިކް މިނިސްޓްރީ ވާން ޖެހޭނީ ބަސް ބުނުމުގައި އެއްވެސް ފަސްޖެހުމެއް ނުވާ ބަޔަކަށް ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް