ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުމްރާއަށް މީހުން ދިއުން ސައުދި އަރަބިއްޔާއިން މަނާކޮށްފި އެވެ.
ސައުދީ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތްވެގެންދާ ދެެ މިސްކިތް ކަމަށްވާ މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރުމުގެ އިތުރުން އުމްރާއަށް މީހުން ދިއުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ސައުދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
މީގެ އިތުރުން ކޮރޯނާ ވައިރަސް ފެތުރޭ ގައުމުތަކުން ޓޫރިސްޓުންގެ ގޮތުގައި ސައުދީއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައި އެވެ.
މި ފިޔަވަޅުތައް އެޅީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.
މި ބަލި ސައުދީ ސަރަހައްދުގެ ބައެއް އަރަބި ގައުމުތަކުގައި ދަނީ ހަލުވި ކަމާއި އެކު ފެތުރެމުންނެވެ. ކޮރޯނާ ވައިރަސްއަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު މުޅި ދުނިޔެ ބައްޔަށް ތައްޔާރުވެ ތިބުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް