ޕީއެސްއެމުން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނިތަކު ތެރެއިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އަށް ދައްކަން އޮތް 78 މިލިއަން ރުފިޔާއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެ ކުންފުނިން ދާދި ފަހުން ނިންްމާފައި ވަނިކޮށް، އެ ފައިސާ ދޫކުރުން މަޑުޖައްސައިލަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިޔައްތު ކޮމެޓީން ދާދި ދެންމެ ނިންމައިފި އެވެ.
މި މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމްއަށް ނިސްބަތްވާ ތިން މެމްބަރެކެވެ.
ކުރިން އެމްއެންބީސީން ދައްކަން ޖެހޭ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ދައްކާފައިވަނީ މި ދިޔަ ހަފްތާގެ ތެރޭގައެވެ.
އެ 78 މިލިޔަން ރުފިޔާ ދޭޏް ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ފައިސާ އަކީ އެމްއެންބީސީއާއި ބިގާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިޔަން ރުފިޔާއެވެ. އިތުރު 72.9 މިލިޔަން ރުފިޔާއަކީ އެ ފަސް މިލިޔަން ނުދައްކާ އޮތުމުން ދައްކަން ޖެހޭ ޖޫރިމަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް