ކޮމިޝަންތަކަށް ބާރުދޭ ބިލް މަޑުޖައްސާލައިފި

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ...

27 Feb 2019 | 09:27

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާ ކުރެއްވި ގޮތް އިތުރަށް ބެލަންދެއް އެ ބިލު ފާސް ކުރުން މަޑު ޖައްސާލަން މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި ވެސް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ކޮމިޓީ ރިޕޯޓުގައި އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު ސޮއި ކުރައްވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެހެންކަމުން އެޖެންޑާ އިން އެ މައްސަލަ ނަން ނިންމާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވަމުން ގެންދެވި އިރު މިނިވަން މުއައްސަސާތަކުގެ ކޮމީޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދިޔައީ މަޖިލީހުގެ ތަޅުމުގައި އެއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަަދި ރިޔާސަތުން އެކަން އިއުލާން ކުރެއްވި އިރު އެ ހައްދަވަނީ ދޮގު ކަމަށް ރޮޒެއިނާ ވިދާޅުވަމުން ގެންދެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް