ކޮމިޝަނަށް ބާރުދޭ ބިލަށް ތާއީދު ކުރެވޭކަށް ނެތް: ރިޔާޒު ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ދެ ކޮމިޝަނަކަށް ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަން ޖޭޕީގެ ...

27 Feb 2019 | 06:18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ދެ ކޮމިޝަނަކަށް ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަން ޖޭޕީގެ ޕާލިމަންޓް މެންބަރު ރިޔާޒު ރަޝީދު ފާޅުގައި އެ ބިލާ ދެކޮޅު ހައްދަވައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކޮމިޝަންތަކަށް ލިބިދޭނެ ބާރުތައް ގާނޫނު އަސާސީގައި ސާފު އިބާރާތުން ލިޔެފައިވާ ކަމަށެވެ. އަދި އެގޮތަށް އެ ބާރުތައް ގާނޫނު އަސާސީއިން އެކުލަވާލާފައި އޮތްހާ ހިނދަކު ވަކި ގާނޫނެއް ހަދައިގެން ކޮމިޝަންތަކަށް އިތުރު ބާރުތައް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި، އެ ބިލްގެ ސަބަބުން ގާނޫނު އަސާސީއިން އެކި މުއައްސަސާތަކަށް ދީފައިވާ ބާރުތައް ހަނިވެގެން ގޮސް މުއައްސަސާތަކުގެ ބާރު ކެނޑިގެން ދެ އެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރިޔާޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ސޯލިހު އެކުލަވާލެއްވި މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލް ތިން ފަހަރަށް އެޖެންޑާ ކުރި ނަމަވެސް، އެ ބިލަށް ވޯޓަށް އަހާ އަދަދަށް ކޯރަމް ހަމަނުވެގެން ވަނީ އެ ބިލަށް ވޯޓަށް ނޭހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް