ދިވެހިރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން އެބަފެންނަ ކަމަށާއި މިގައުމު ހަމަމަގަށް އެޅޭތަން އެއްގޮތަކަށް ފެންނަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ކަރުދާސް ބާތިލް ބާތިލްވާގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ ވިދާޅުވީ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސް ނުކުރެވުމަކީ ސަރުކާރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާހެން ހީވާކަމަށް ވިދާޅުވަމުން މޫސަ ވިދާޅުވީ އެއް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސް އޮފީހުގައި ކަމަށާއި ދެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންމެވެސް އެހެންތަނެއްގައި ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ދެން ހުންނެވި ރައީސްގެ ނަންފުޅެއް މޫސަ ވިދާޅެއް ނުވެއެވެ. ނަމަވެސް މޫސަގެ ވާހަކައިން ބޮޑަށް ދޭހަވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް