މެލޭޝިޔާގައި ސިވިލް ސާވަންޓުންގެ މަސައްކަތު ގަޑި ފްލެކްޝިބަލް ކޮށްލަނީ

އަންނަ މާރިޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މެލޭޝިޔާގެ ސިވިލް ސާވަންޓުންގެ ގަޑިތައް ފްލެކްސިބަލް ކޮށްލަން ނިންމައި އެކަމަށް ހާއްސަ ސާކިއުލާއެއް އާންމުކޮށްފިއެވެ. އެގޮތުން އެގައުމުގެ ޕަބްލިކް ސާވި...

27 Feb 2019 | 05:53

އަންނަ މާރިޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މެލޭޝިޔާގެ ސިވިލް ސާވަންޓުންގެ ގަޑިތައް ފްލެކްސިބަލް ކޮށްލަން ނިންމައި އެކަމަށް ހާއްސަ ސާކިއުލާއެއް އާންމުކޮށްފިއެވެ.

އެގޮތުން އެގައުމުގެ ޕަބްލިކް ސާވިސް ޑިމާޓްމެންޓުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވާގޮތުގައި ކުއަލަ ލަމްޕޫރާއި، ޕުޓްރާޖަޔާ އާއި އަދި ޕާލިސް އާއި ޕެރާކް، ސެލަންގޯރް ޖޯހަރު، ސަބާ އަދި ސަރާވަކްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުން ވަޒީފާއަށް ނިކުންނަން ވަކި ހާއްސަ ގަޑިއެއް ނޯންނާނެވެ. ކަނޑައެޅިފައިވާ ޝިފްޓްތަކުގެ ތެރެއިން ފްލެކްސިބަލްކޮށް މަސައްކަތު ގަޑި އަމިއްލައަށް ހިޔާރު ކުރެވޭނެއެވެ. ނަމަވެސް ވަގުތު ހަމަ ކުރަން ޖެހެއެވެ.

އެ ޑިޕާޕްޓްމެންޓުން ބުނެފައިވާގޮތުގައި ކުރިއަށް ގެންދަނީ އަދި ޕައިލެޓް ޕްރޮގްރާމެކެވެ. ސްކޫލުތަކާއި ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަދި އެ ޕްރޮގްރާމްގައި ނުހިމެނެއެވެ. ނަމަވެސް މިނިސްޓްރީތަކާއި އެހެނިހެން އޮފީސްތައް ހިމެނެއެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައިވާގޮތުގައި އާންމުގޮތެއްގައި އޮފީސްތަކުގެ މަސައްކަތް 07:00 ގައި ފެށީ ނަމަވެސް 08:30 ގެ ކުރިން އޮފީހަށް އައި ނަމަވެސް ގަޑިއެއް ނުޖެހޭނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި އޮފީސް ނިންމަން ޖެހޭ ގަޑި ލަސްވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް