ރާއްޖެއަށް އިމާރާތް ކުރުމުގެ ދާއިރާއިން ބޭންކެއް ބޭނުން: އެމްއެންއޭސީއައި

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް އިންވެސްޓް ކުރަން ހާއްސަ ބޭންކެއް ބޭނުންވާ ކަމަށް ބޭރުގެ ގިނަ މާހިރުން ލަފާ ދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އ...

27 Feb 2019 | 05:20

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް އިންވެސްޓް ކުރަން ހާއްސަ ބޭންކެއް ބޭނުންވާ ކަމަށް ބޭރުގެ ގިނަ މާހިރުން ލަފާ ދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ "ބިޒްނަސް ކޮންވެންޝަން" ގައި "ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ވިޔަފާރި" އާ ބެހޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަންގައި އެ ޖަމިއްޔާގެ ނައިބް ރައީސް އަދްނާން ހަލީމް ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ އާއި ހުރިހާ ދާއިރާތަކެއް ގުޅިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދުނާން ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ގިނައިން ތިބީ ކުދި އަދި މެދުފަންތީގެ ކުންފުނިތައް ކަމަށާއި ދާއިރާއަށް މަޝްރޫއުތައް ދޭއިރު "އޯޕަން ބިޑިން ޕްރޮސެސް" އެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް އެއްކޮށްލައި ހަވާލު ކުރުމުގެ ނަތީޖާއަކީ ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްނުވެ މަސައްކަތް ފެއިލްވަމުން ދިއުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ފޮރިން ކޮންޓްރެކްޓާސްއަށް ހާއްސަ ގަވާއިދެއް ހަދާފައިވާ ކަމަށާ، ނަމަވެސް އެ ގަވާއިދަށް މިހާރު ބަދަލު ގެނެސް ފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް