ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ރައީސް މައުމުންގެ ދަރިކަނބަލުން ދުންޔާ މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ދުންޔާ ވަނީ ބަޔާނެއް ނެރުއްވާފައި އެވެ. އެ ބަޔާނުގައި ދުންޔާ ވިދާޅުވެފައިވަނީ އެކި ފަރާތްތަކުގެ ފިއްތުންތަކާއެކުވެސް ހުންނެވީ ގަބޫލުކުރައްވާ ގަބޫލުކުރެއްވުންމަތީ ސާބިތަކަމާއިއެކުގައި މިނިވަން ކޮށް ކަމަށެވެ. އިދިކޮޅު ފަރާތްތަކާއި ގުޅިފައި ނުވާނެ ކަމަށެވެ. އަދި ދެމިހުންނާނީ ފަހުރުވެރި ދިވެއްސެއްގެ ގޮތުގައި ކަމުގައިވެސް ދުންޔާގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ދުންޔާ ވިދާޅުވީ ރުޅިވެރިކަމާއި ހަސަދަޔާއެކު އެއްވެސް މައްސަލައެއް ހެއްލެއް ނުކުރެވޭނެ ކަމަށާއި މަޝްވަރާކޮށްގެން މެނުވީ މިހާރު ދިމާވެފައިވާ ހަލަބޮލިކަމަށް ހެއްލެއް ނެތް ކަމަށެވެ.
"މި ހާލަތުން އަރައިގަތުމަށް ހުރިހާ ދިވެހިން މަސައްކަތްކުރުމަކީ ކުރިއަށް އޮތް ޖީލްތަކުގެ ހައްގުގައި ކުރަންޖެހޭ ކަމެއް" ދުންޔާގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ދުންޔާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހުންނެވީ ބައްޕާފުޅާއިއެކު ސާބިތުވެ ކަމަށެވެ. ރައީސް މައުމޫން އަކީ ހަމަ އެކަނި ބައްޕަ ނޫން ކަމަށާއި ގައުމު ދެކެމުން އަންނަ ތަރައްގީގެ ބާނީ ކަމުގައިވެސް ދުންޔާ ވިދާޅުވެފައި ވެ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންއަކީ ވެސް ބޮޑުބޭބެ ކަމަށާއި ރައީސް ޔާމީންގެ އަރިހުގައި ވެސް ހުންނަވާނެ ކަމުގައިވެސް ދުންޔާ ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް