އަންލިމިޓެޑް ކޯލް އަދި %100 ޑާޓާ ލިބޭގޮތަށް އުރީދޫން މެޖިކް ޕެކްސް ތައާރަފް ކޮށްފި

ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ، ވަރަށް ތަފާތު ދެ އެޑް-އޮން ތަކެއް އުރީދޫ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ. މިއަދު އަލަށް ތައާރަފް ކޮށްފައިވަނީ މެޖިކް ދެ ޕެކް އެކެވެ. އެ...

27 Feb 2018 | 11:44

ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ، ވަރަށް ތަފާތު ދެ އެޑް-އޮން ތަކެއް އުރީދޫ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ.

މިއަދު އަލަށް ތައާރަފް ކޮށްފައިވަނީ މެޖިކް ދެ ޕެކް އެކެވެ. އެއީ މެޖިކް އަންލިމިޓެޑް 102 އާއި މެޖިކް ޑޭޓާ 202 އެވެ.

އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯ އަށް އަލަށް އިތުރުކުރެވުނު މެޖިކް އަންލިމިޓެޑް ޕެކް މެދުވެރިކޮށް، އެންމެ 102 ރފ. އަށް، އުރީދޫ ނެޓްވަރކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލާ ގުޅާލެވެ އެވެ. މި ޕެކްގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަރަކަށް ގުޅާލެވެ އެވެ. ޕެކް ޚިޔާރުކުރެއްވުމަށް، "102" ޖެއްސެވުމަށް ފަހު 1111 އަށް ފޮނުއްވުމުން ޕެކް އެކްޓިވޭޓް ވާނެ އެވެ.

މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، 2 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓަރ ލިބުމުގެ އިތުރުން، %100 ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ލިބެއެވެ. މިގޮތުން މެޖިކް ޑޭޓާ 202 މެދުވެރިކޮށް ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކް ޚިޔާރުކުރުމުގެ ކުރިންވެސް ބަލާލުމަށް، *200*202# އަށް ގުޅުއްވާލައްވާށެވެ.

އުރީދޫއިން ހާމަކުރާގޮތުގައި މި ޚާއްޞަ ޕެކް އާއި އެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާ އަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި އެވެ. ޕެކް ޚިޔާރުކުރެއްވުމަށް، "202" ޖެއްސެވުމަށް ފަހު 5555 އަށް ފޮނުއްވުމުން ޕެކް އެކްޓިވޭޓް ވާނެ އެވެ.

އަލަށް ތައާރަފް ކޮށްފައިވާ މި ޕެކްސް ތަކާއި ބެހޭގޮތުން އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރު އަރުޝަރު ޝާކިރު ވިދާޅުވީ އުރީދޫގެ ޕްރޮޑަކްޓުތަކަށް ނުވަތަ ޑިޖިޓަލް ޚިދުމަތްތަކަށް ބަލާލިކަމުގައި ވިއަސް، އުރީދޫ އިން މަސައްކަތްކުރަނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަންގެނުވަދޭ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، މިއަދު މި ތައާރަފްކުރެވުނު އައު، އަދި ވަރަށް ތަފާތު ދެ ޕެކް ބޭނުންކޮށް، ހެޔޮއަގުގައި ގިނަ ފައިދާތަކެއް ހޯދުމަށް ދައުވަތު އުރީދޫގެ ފަރާތުން އަރުވާ ކަމުގައި އަރުޝަދު ވިދާޅުވި އެވެ.

މި ޕެކްތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި އުރީދޫން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް