އަސްކަރީ ތަމްރީނު ދައުވަތަކަށް ރާއްޖެއިން ނޫނެކޭ ބުނެފި: އިންޑިއާ

ޖުމްލަ 16 ގައުމަކުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއިން ރާއްޖެ ކުރެން އެދުމުން ރާއްޖެއިން އެކަމަށް ނޫނެކޭ ބުނެފައިވާކަމަށް އިންޑިއާގެ ނޭވީން ބުނެފި އެވެ. އިންޑިއާގެ ނޭވީ ...

27 Feb 2018 | 08:33

ޖުމްލަ 16 ގައުމަކުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއިން ރާއްޖެ ކުރެން އެދުމުން ރާއްޖެއިން އެކަމަށް ނޫނެކޭ ބުނެފައިވާކަމަށް އިންޑިއާގެ ނޭވީން ބުނެފި އެވެ.

އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ސުނިލް ލަންބާ މިހެން ބުނެފައިވަނީ މިއަދު ކުރިއަށްދިޔަ އިވެންޓެއްގައި މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.

ލަންބާ ބުނެފައިވަނީ ބައިވެރި ނުވާން ނިންމި ސަބަބު ރާއްޖެއިން ބުނެފައި ނުވާކަމަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ނިންމާފައި އޮތީ މާރިޗް މަހުގެ ހަ ވަނަ ދުވަހުގައި އެވެ.

ތަމްރީނު ދައުވަތަކަށް ރާއްޖެއިން ނޫނެކޭ ބުނެފައިވާކަމަށް އިންޑިއާއިން ބުނާއިރު ރާއްޖެއާއި އިންޑިއާ ގުޅިގެން ކޮންމެ އަހަރު ތަކެއްގައިވެސް މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް