ޖަލު އޮޑިޓް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން ކޮމިޓީއެއް އެކުލަވާލައިފި

މިދިޔަ އަހަރު ނެރުނު ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ. ކަރެކްޝަންސް އިން ބުނި ގޮތުގައި ކޮމިޝ...

27 Jan 2020 | 11:39

މިދިޔަ އަހަރު ނެރުނު ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު އެކުލަވާލެއްވި ކޮމިޓީން ތަންފީޒުކުރާނީ އަދި ތަންފީޒުކުރެވޭ މިންވަރު ބަލާނީ، އިސްލާހުކުރަން ރިޕޯޓްގައި އެ ސާވިސްއަށް ހުށައަޅާފައި ހުރި ކަންކަން ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ މެންބަރުންނާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެ ސާވިސްއަށް އިސްލާހު ކުރަން ހުށަހެޅުނު ކަންކަމަށް ބަލައި އެކަންކަން ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

މި ކޮމިޓީގައި ގިނައިން ހިމެނިވަޑައިގެންނަވަނީ ކަރެކްޝަންސްގެ އޮފިސަރުންނެވެ.

https://twitter.com/Corrections_Mv/status/1221691884898140160

ގައިދީންގެ އަސާސީ ބައެއް ހައްގުތައް އެކަށީގެންވާ މިންވަރަށް ނުދޭތީ ކަމަށް ބުނެ، މި މަހު ކުރީކޮޅު މާފުށީ ޖަލުގެ ހާލަތު ވަރަށް ގޯސްވި އެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ކޮމިޝަނަރުގެ މަގާމުން އަބްދުﷲ މުނާޒު ވަނީ ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް