އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަރުގެ ފަރާތްޕުޅުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލު ކުރައްވައިފި އެވެ.
މޯލްޑިވްސް ތާޑް ވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) ގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަދީބާއި އެ ކޮމިޝަނުގެ އޮފިޝަލުން ބައްދަލު ކުރެއްވީ އިއްޔެ ކަމަށް އެ ޕާޓީން ބުނެ އެވެ. އެމްޓީޑީން ބުނީ މި ބައްދަލުވުމަކީ އެ ކޮމިޝަނުގެ އެދުމަށް ދިވެހި ސަރުކާރުން ހަމަޖައްސައިދިން ބައްދަލުވުމެއް ކަމަށެވެ.
އެ ކޮމިޝަނުން މީގެ ކުރިންވެސް އަދީބާއި ބައްދަލު ކުރިކަމަށް އެ ޕާޓީން މީޑީއާގައި ބުނެފަ ވެއެވެ.
ތަފާތު ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.
އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވި މައްސަލާގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިިއްވި އެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް