އުމުރުން11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އުތުރުގެ ރަށެއްގައި ހިނގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ60 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ19 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު12:00 ހާއިރު ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް