ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް!

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަކީ ތޯތޯ ވައިރަސްއެއް ނޫނެވެ. އެ ބަލި ޖެހެނީ އިންސާނާގެ ނޭވާލާ ނިޒާމަށެވެ. ބަޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަނީ މިހެންވެ އެވެ. ގަދަ ހުމާއި ...

27 Jan 2020 | 07:21

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަކީ ތޯތޯ ވައިރަސްއެއް ނޫނެވެ. އެ ބަލި ޖެހެނީ އިންސާނާގެ ނޭވާލާ ނިޒާމަށެވެ. ބަޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަނީ މިހެންވެ އެވެ.

ގަދަ ހުމާއި އެކު ކެއްސާ ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުމަކީ ކޮރޯނާ ވައިރަސްގެ އަލާމާތްތަކެވެ.

ވާލާ ޖަމަލުން އިންސާނުންގެ ގަޔަށް ވާސިލްވާ މި ވައިރަސް މިފަހަރު ޖެހުނީ ޗައިނާގައި މި ބަލި ފެތުރެން ފެށި ވޫހާން ސިޓީގައި މަޝްހޫރު ވާލު ސޫޕުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އޭގެ ހަގީގަތެއް ނޭނގެ އެވެ.

މި ބަލީގެ ނުރައްކާތެރިކަން މިހާރު ހުރި ހިސާބަށް ބަލާއިރު ކުރިޔަށް އޮތް ހަފްތާ ތެރޭގައި މި ވައރަސް ހަމަ އެކަނި ޗައިނާގެ 190،000 މީހުންނަށް އަރާނެ އެވެ. ރަސްމީ ހިސާބުތައް ބަލާއިރު މި ބަލި ޖެހިފައިވަނީ2000 ށްމީހުންނަށެވެ. އެކަމަކު ތަޖުރިބާކާރުން ބުނަނީ ބަލީގެ ވައިރަސް ފެތުރިފައިވާ މީހުންގެ އަދަދު މިހާރު ލައްކަ އަކާއި ގާތް ކުރާނެ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެއްގަމު މަސް ކާއިރު ރަނގަޅަށް ކައްކައިގެން ކެއުމެވެ. ގިނަ ގިނައިން އަތް ދޮންނަން އާދަ ކުރާށެވެ. ދޫނިސޫފާ ސޫފި އަދި ޖަނަވާރު ވިއްކާ ތަންތަނަށް ގޮސް އެ އެޗެހީގައި އަތްލާ ނަހަދާށެވެ. ލޮލާއި ނޭފަތުގައި އަތްލުން މަދު ކުރުން، ހުން އައިސް ހުންނަ މީހުންނާއި ގާތް ނުވުން އަދި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގަމަތި ނިވާ ކުރާށެވެ.

ސިއްހީ ތަޖުރިބާކާރުން ލަފާދޭގޮތުގައި މޫނުމަތީގައި މާސްކު އަޅަން ޖެހޭނީ ބަލީގެ އަލާމާތްތައް ފެންނަ މީހުން އެކަންޏެވެ. އެކަމަކު މި ބަލި ޗައިނާގައި ފެތުރެމުންދާ ހަލުވި މިނުގައި ފެތުރޭނަމަ އާންމު ތަންތަނުގައި މާސްކު އެޅުންް ރަނގަޅެވެ.

އާންމު ސިއްހަތުގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހެ އެވެ. ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަން ސިއްރު ނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން އިސްކުރާށެވެ.

ކޮރޯނާ ވައިރަސް ފެތުރޭލެއް އަވަސްކަމުން ދެން މި ބަލި ކޮންޓްރޯލް ކުރުމަކީ އުނގަދޫ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. މި ބަލި މިހާރު ދުނިޔޭގެ10 ގައުމަކުން ވަނީ ފެނިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު80 އަށް ވަނީ އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް