މިނިސްޓަރު މާރިޔާގެ ލޭގައި ގައުމީ ވިންދެއް ނުޖަހާ، އިސްތިއުފާ ދެއްވާ: އުމަރު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ލޭގައި ގައުމީ ވިންދު ނުޖަހާނަމަ އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިި އެވެ. އުމަރު މިހެން ގޮވާލެއްވީ ރައްޔިތުންނަށް ފޯރު...

27 Jan 2020 | 06:51

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ލޭގައި ގައުމީ ވިންދު ނުޖަހާނަމަ އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިި އެވެ.

އުމަރު މިހެން ގޮވާލެއްވީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ ބައެއް ހިދުމަތްތައް ދިނުމުގެ ގޮތުން ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަމެއް ދައުލަތުގައި ނެތް ކަމަށް މާރިޔާ ވިދާޅުމާއި ގުޅިގެންނެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރިޔާ ދެއްކެވި ވާހަކަފުޅުތަކަކީ ގައުމަށް ކުރެއްވި މަލާމާތެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕޭން އޮޕަރޭޝަން ހިނގާ ގައުމުގެ އަމިއްލަ ސިފައިންނަށް ހެލްކޮޕްޓަރު ނުދުއްވޭނެ ކަމަށް ވިދާޅުވުމަކީ ގައުމަށް ކުރެވޭ މަލާތާމެއް ކަމަށާއި މިނިސްޓަރުގެ ލޭގައި ގައުމީ ވިންދު ނުުޖަހާނަމަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

އުމަރު ވިދާޅުވީ މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި "މަތިންދާ ބޯޓް ދުއްވާ ސެކްޝަން" ގެ ނަމުުގައި އެއާ ވިންގެއް އޮތް ކަމަށެވެ. އަދި ދިވެހި ސިފައިން މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދުއްވާ އެ ތަކެތި ބެލެހެއްޓި ކަމަށެވެ.

އުމަރު ވިދާޅުވީ އޭގެ އަހަރުތަކެއް ފަހުން އެންއެސްއެސްގެ އެއާ ވިންގް ގެ ނަމަށް ބަދަލުކޮށް، ދިވެހި ޕައިލެޓުންނާ އިންޖިނިއަރުންގެ އެހީތެރިކަމުގައި ދިވެހި ސިފައިން ގެންދިޔައީ ހެލްކޮޕްޓަރާއި، އެއާ ކްރާފްޓް ދުއްވަމުން ކަމަށެވެ. އެގޮތުން އެކި ބްރޭޑްތަކުގެ ފަސް އެއާ ކްރާފްޓް އަދި ދެ ހެލްކޮޕްޓަރު ސިފައިން ދުއްވާފައިވާކަން އުމަރު ފާހަގަ ކުރެއްވިއެވެ.

"ރައީސް ނާސިރުގެ ވެރިކަމުގައި، މަރުހޫމް ކޮލި އަލިމަނިކުގެ މޭސްތިރި ކަމުގައި ކުދި މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދައުލަތަށް ބައްލަވައިގަނެފައިވޭ. މި ތަކެތި ބަލަހައްޓާ، ދުއްވުމަށްޓަކަައި ދިވެހި ސިފައިން ތަމްރީން ކުުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލެޓުން ރާއްޖެ ގެނެސް ދިވެހި ސިފައިން ތަމްރީން ކުރި." އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި އެންމެ އަސާސީ ހިދުމަތްތަކާއި މަގު ހެދުމާއި ބަނދަރު ފަދަ އުމްރާނީ މަސައްކަތްތައް ވެސް ހަމަޖެހިފައި ނެތް ކަމަށް މިނިސްޓަރު މާރިޔާ އެ ދުވަހު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ދައުލަތުގައި ހުރި މަދު މާލީ ވަސީލަތްތަކުން ފުރަތަމަ ހަމަޖައްސަން އޮތީ އެފަދަ ކަންކަން ކަމަށާއި އިތުރު ހޭދަތަކަށް ދެވޭނީ އޭގެ ފަހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް