މާބަނޑު އިރު އުނަގަނޑާއި ބުރަކަށީގައި ރިއްސާތަ؟ މިއޮތީ ހައްލު!

މާބަނޑުވާކަން އިނގޭ ހިސާބުން ބައެއް މީހުންނަށް ތަފާތު ސިއްހީ މައްސަލަތަކާއި ކުރިމަތިވެ އެވެ. އެންމެ އާންމުކަމަކީ އުނަގަނޑުގެ ކޮންމެސް އެއް ފަރާތަކަށް އަރާ ތަދެވެ. ގިނަ މީހުންނަށް އެ ތަދު ދަނީ ދަރިފުޅު...

27 Jan 2020 | 06:08

މާބަނޑުވާކަން އިނގޭ ހިސާބުން ބައެއް މީހުންނަށް ތަފާތު ސިއްހީ މައްސަލަތަކާއި ކުރިމަތިވެ އެވެ. އެންމެ އާންމުކަމަކީ އުނަގަނޑުގެ ކޮންމެސް އެއް ފަރާތަކަށް އަރާ ތަދެވެ.

ގިނަ މީހުންނަށް އެ ތަދު ދަނީ ދަރިފުޅު ބަނޑުން ނުކުންނަ ހިސާބުންނެވެ. އެހެން މީހަކަށް އިހުސާސް ނުކުރެވުނަސް އެގޮތަށް ނުވަ މަސް ދުވަސް ވަންދެން އެއްތަނަކަށް ތަދު އެރުމަކީ ވޭން ހުރި ހިތްދަތިވާ ކަމެކެވެ.

ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ބުރަކައްޓާއި އުނަގަނޑަށް އަރާ ތަދަކީ ދަރިފުޅު އުފެދި ރަހިމުގައި ބޮޑުވަމުން އަންނާތި ވާ ދަތެކެވެ. އެހެންކަމުން އެ ތަދު މާބަނޑު ދުވަސްވަރު އެއްކޮށް ކަނޑުވާލުމަކީ ނުވާނެ ކަމެކެވެ.

ތިރީގައި އެވާ ކަންކަމަކީ ބުރަކައްޓާއި އުނަގަނޑުގައި ރިހުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ބަރު އެއްޗެހި ނުއުފުލުން.

ބިންމަތިން އެއްޗެއް ނަގަން ގުދުވާއިރު ބުރަކަށީ ސީދާކޮށް ބޭންދުން.

އެއް ފަރާތުން އަނެއް ފަރާތަށް އެނބުރޭއިރު ހަމައެކަނި ގައި އަނބުރާލުމުގެ ބަދަލުގައި ފަޔާއި އެއްކޮށް އެނބުރުން.

އިސްޓާކީނަށް އަރާނަމަ ވީހާވެސް ތުނި އިސްޓާކީނަށް އެރުން. އެއީ ފައިގެ ބަރުދަން އިހުސާސްވުން ކުޑަކުރުމަށް

ބާޒާރަށް ދާނަމަ ގަންނަ އެއްޗެހި އަޅާފައި ހުންނަ ކޮތަޅު ހިފާއިރު ދެ އަތަށް ހަމަހަމަވާގޮތަށް ހިފުން.

ބުރަކައްޓަށް އަރާމު ލިބޭގޮތަށް ސީދާކޮށް އިށީނދެގެން ގިނަ އިރު އިނުން.

ވިހާ ދުވަސް ޖެހެން ގާތްވާވަރަކަށް ބުރަކަށި ސީދާކޮށްގެން އިށީނދެ އިންނަ ވަގުތު އިތުރު ކުރުން.

އަބަދުވެސް ކަސްރަތުކޮށް އަމިއްލަ ހަށިގަނޑު ވަރުގަދަކޮށް ބެހެއްޓުން.

މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިއްސުން ކޮންޓްރޯލް ކުރުމަށް އެހާ މަޑު ގޮދަޑީގައި ނުނިދާށެވެ. މަސާޖުގެ އިތުރުން ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބޭ ލޯތްބަކީވެސް ބަލީގެ ހައްލަކަށް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް