އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި

އިންޑިއާގެ71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި އެ ގައުމުގެ ހައިކޮމިޝަނުން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ. މި ހަފްލާގައި ރައީސްގެ އިތުރު...

27 Jan 2020 | 05:22

އިންޑިއާގެ71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި އެ ގައުމުގެ ހައިކޮމިޝަނުން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

މި ހަފްލާގައި ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ސައީދު އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ހަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެ އެވެ. އަދި އިންޑިއާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިހަފްލާގައި މިއުޒިކީ ހުށަހެޅުންތައްވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް