ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފޯނު ތަހުގީގަށް ފުލުހުންނަށް ނުދެއްވި މައްސަލައިގަ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މުހައްމަދު ސައީދު ފުލުހުންނާއި ހަވާލުކޮށްފައި ނުވަނީ ކޮން ފޯނެއް ކަމެއް އަދި އެ ފޯނުގައި ހުރީ ކޮން ހެކިތަކެއް ކަމެއް ކޯޓުގައި ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ޢަބްދުﷲ ސަޢީދުވަނީ ސުޕްރީމް ކޯޓަށް ފުލުހުންވަދެ އެމަނިކުފާނުގެ ފޯނުދޭން އެދުނުއިރު ފޯނު ނޯންނާނެކަމަށް ވިދާޅުވެ އެރޭ ކަންކަން ހިނގާދިޔަގޮތް ހައިކޯޓުގެ ކުރީގެ އަޑު އެހުމުގައިވެސް ވިދާޅުވެފައެވެ. މި ހުކުމް އޭނާގެ މައްޗަށް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުން ވަނީ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އެ ހުކުމް ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ މަހު އެވެ. އެއީ އޭގެ ކުރިން ކޮންފައިވާ ދެ ހުކުމެއް ތަންފީޒުކޮށް ނިމުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް